ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

MWSC

ސިއްހީ ދާއިރާއިން ރާއްޖޭގެ އަތޮޅުތަކުން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭހެން އިތުރު ދެ ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

މި އެމްބިއުލާންސްތައް ފޮނުވާފައި ވަނީ ހއ.ކެލާގެ އިތުރުން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ.

އެމްބިއުލާންސް ފޮނުވުނު އެއްރަށް ކަމަށްވާ ގދ. ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީއިންދަނީ ކުރަމުންނެވެ.

އެރަށުން މިއަދުވެސް ކޯވިޑް-19 އަށް އިތުރު 10 މީހަކު ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ.

މިއަދު ތިން ރަށަކަށް ފޮނުވުނު އެމްބިއުލާސްތަކުގެ ތެރެއިން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް އެމްބިއުލާންސްތައް ފޮނުވުމުގެ ދަތުރު ހަމަޖައްސާފައި ވަނީ ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ސީއެސްއާރުގެ ދަށުން އެ ކުންފުނިންނެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަށް ވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި