ކުޅުދުއްފުށި ސިޓީގައި އަޅާ ޒަމާނީ ފެންވަރުގެ އިންޖީނުގޭގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކުޅުދޫފުއްޓަށް ނިސްބަތްވާ މަޖިލީހުގެ 2 މެންބަރުންކަމުގައިވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުޙައްމަދު އަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިއްސާކޮށްފި އެވެ.
މިބައްދަލުވުމަށްފަހު ޔާސިރު ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު ކުޅުދުއްފުށި ޕްރީފެބްރިކޭޓަޑް ޕަވާހައުސްގެ ޑިޒައިން ނިމި ތަކެއްޗަށް ވަނީ އޯޑާރ ދެވިފައިކަމަށާއި އާ ޕަވާހައުސް އާއި އެކު މިވަގުތު ދިމާވާ އެތަކެއް ދަތިތަކަށް ހައްލު ލިބިގެން ދާނެ އަދި މުވައްޒަފުންނަށް ފަހި އޮފީސް މާހައުލެއް ޤާއިމް ވެގެންދާނެކަމަށެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ޒަމާންވީ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކުންފުނީގެ އެމް.ޑީ ސައީދާއި ފެނަކަ ކުޅުދުއްފުށި ބްރާންޗްގެ ހީވާގި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް ބުނެފައިވެ އެވެ.
މިމަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ 2021 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
ކުޅުދުއްފުށި ސިޓީގައި އަޅާ ޒަމާނީ ފެންވަރުގެ އިންޖީނުގެ އެޅުމަށް 15 މިލިއަންވުރެއް ގިނަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި އެވެ. ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ އިމާރާތެކެވެ. ފެނަކަ އިން ނިންމާފައިވަނީ ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ. އެގޮތުން އެކުންފުނިންވަނީ މިއަހަރުތެރޭގައި އިތުރު ބޮޑެތި ޖަނަރޭޓަރުތަކެއް އެރަށަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!