އޮސްޓްރޭލިޔާގެ އެޑިތު ކޯވެން ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީ ޙާސިލުކުރައްވާފައިވާ ޔާސިރު މަސައްކަތު ދާއިރާއަށް ފުރަތަމަ ނުކުންނެވީ މޯލްޑިވްސް ކަސްޓަމަށެވެ. އެޚިދުމަތުގައި އުލިގަމު ކަސްޓަމްސް ޕޯސްޓްގެ އިސް ވެރިޔާކަން ފުރުއްވާފައިވެއެވެ. އަދި ރެޑް ކްރެސެންޓްގެ އުތުރު ގޮފީގެ ގަވަރނިންގ ބޯޑްގެ މެންބަރުކަމާއި، ކުޅުދުއްފުށީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން 2 އަހަރު ފުރުއްވާފައިވެއެވެ.