ށ.ފީވަށް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %55 ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %72 މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ނިމިފައިވާކަމަށާއި މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ. އަދި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭއެވެ.އަދި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2 ޖުލައި 2019 ގައެވެ.
ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %55 މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %72 ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ވަނީ މިހާރު ނިމިފައި. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. pic.twitter.com/G360Z75EA9
— MTCC Plc (@MTCCPlc) August 27, 2020
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީ އިން އަންނަނީ ބޮޑެތި ގިނަ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!