ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްގީކުރަން ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް 24 އޯގަސްޓް 2020 ގައި ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަ ޖެހިފައެވެ. މީގެ އިތުރުން 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި އަދި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު މި މަޝްރޫއުގައި 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 35.60 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވަނީ މިމަހު 4 ވަނަ ދުވަހު ވިދާޅު ވެފައެވެ.

މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، މިގޮތުން ފާއިތުވެދިޔަ ކުއާޓާގައި 14 މަޝްރޫޢެއް ނިންމައި އިތުރު 8 މަޝްރޫޢެއް ފެށިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވެސް ވަނީ އެ ކުންފުނީގެ ދެވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމައި، އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް މި ކުއާޓާގެ ތެރޭގައި ފަށާފައި ވާކަމަށް ބުނެފައެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢު، . ބަނދަރު ހެދުމުގެ މަޝްރޫޢު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު، ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.