ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި
ނ. ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފިއެވެ. މި ޕިކަޕުގައި ރޯކޮށްލާފައި މިވަނީއެރަށުގައި، އަންނަމަހު ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ. އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:50 ހާއިރު ކަމަށާއި އެއާއެކު އަލިފާން ނިއްވާލަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވާލެވުނު އިރު، ޕިކަޕުގެ ބޮޑުބައެއް އަނދާފައި ކަމަށް ވެސް ބުނެއެވެ. “އެއީ ސަރުކާރުން އެރަށަށް ހަދިޔާ ކުރި ޕިކަޕެއް. އެއީ ކުނި މެނޭޖްކުރުމުގެ ބޭނުމަށް ލިބިފައިވާ ޕިކަޕެ...