"ށ. ފުނަދޫ" ގެ ތާރީޚުން ތަންކޮޅެއް!

ފޮޓޯ؛ މުޙައްމަދު އަފްރާޙް
ފޮޓޯ؛ މުޙައްމަދު އަފްރާޙް

ފުނަދޫއަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް މީހުން އުޅެފައިވާ ރަށެއްކަން އެނގޭ ތާރީޚީ ހެކިތައްފުނަދޫގެ އެކި ސަރަހައްދުތަކުން ފެނިފައި ވެއެވެ. ފުނަދޫގެ އެކި ސަރަހައްދުތައް ކޮންނައިރު ފެންނަމުންދާ މިނިކަށިތައް މިއީ މިކަމަށް ބާރުލިބޭ ހެތްކެކެވެ. އަދި ފެންނަ ބައެއް އާސާރީ ތަކެތި މިކަމަށް ހެކިވެއެވެ.

ތާރީޚީ ކަންކަމަށް ލޯބިކުރައްވާ އެކަންކަން ބަލާހޯއްދަވާ ފަރާތެއް ކަމުގައިވާ ފުނަދޫގެ ކުރީގެ ބޮޑުކަތީބު އަލްފާޟިލް އަހުމަދު ނަސީމް ވިދާޅުވާގޮތުގައި ފުނަދޫއަކީ ކުރިން މީހުން އުޅެފައިވާ ރަށެއްކަން އެނގޭ ތާރީޚީ ބައެއް ހެކިތައް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ފުނަދޫގެ ޒިޔާރަތްހުރި ސަރަހައްދު ގައި ހުރި ދެ މަހާނަ ގަލަކުން މީގެ ސާފުހެކި ފެނިވަޑައިގެންފައިވާ ކަމަށެވެ.

އެއް މަހާނަ ގަލެއްގައި އޮތް ތާރީޚަކީ 07/11/1150ހ އެވެ. މީލާދީ ސަނަތުން އެއީ 26 ފެބުރުއަރީ 1738 އެވެ. އެގަލުގައިވާ ލިޔުންކޮޅުގައި އޮތީ " ފުނަދޫ މާމުލީ ކަލޭގެ ދި އާމިނާ ނިޔާވިކަމުގެ ހަނދާން" މިޙެންނެވެ. އަނެއް ގަލުގައި އޮތް ތާރީޚަކީ 17 ޖުމާދިލް އާޚިރާ 1237 އެވެ މީލާދީ ސަނަތުން އެއީ 11 މާރިޗް 1822 އެވެ. މިގަލުގައި ލިޔެފައިވަނީ " ފުނަދޫ މަރުދުރުގެ ފުތް އިބްރާހީމް ނިޔާވި ކަމުގެ ހަނދާން" މިހެންނެވެ.

މީގެ އިތުރުންވެސް ފުނަދޫ ޒިޔާރަތް ހުރި ސަރަހައްދުން މާ މިސްކިތެއްގެ ތަރާގަޑު ފެނިފައި ވެއެވެ. އެތަނުގައި އަށްކަނަށް ހިރިގަލުން ރާވާފައިވާ ވަޅެއް ހުއްޓެވެ. މި ވަޅު ރޫޅާލައިގެން ގެންދިޔައީ ޅައިމަގަށެވެ. އެއީ ޅައިމަގު ގައި އަތޮޅުވެރިކަން ކުރި ދުވަސްވަރު އެވެ.އަތޮޅު ގޭތެރޭގައި މިވަޅު ރޭވީ 5 ކަނަށް ވާ ގޮތަށެވެ. އެއީ ކުރިން ހުރިގޮތަށް އަށް ކަނަށް ރާވަން ނޭނގިގެންނެވެ.

މަހާނަ ގާ ތަކުގައިވާ ލިޔުމަށް ބަލާއިރު މާ ކުރީ ޒަމާނުއްސުރެވެސް މިރަށުގެ ނަމަކީ ފުނަދޫ އެވެ. ނަސީމު ވިދާޅުވި ގޮތުގައި ފަރުކޮޅު ފުނަދޫގެ ނަމުން މިރަށަށް ނަން ކިޔެން ފެށުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ރަށްތައް ދަފްތަރު ކުރެއްވި ހިސާބުންނެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުނަދޫ ކިޔާ އިތުރު ރަށްތައް ހުރުމުން ރަށުގެ ނަން ކިޔާއިރު އެއްރަށް އަނެއްރަށާ އަރާ އޮޅުން ކުޑަކުރުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *