މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ނޮޅިވަރަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަތުރުކުރަމުންދާ ދާ ފެރީއަކުން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި، 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނޮޅިވަރަމް ބަނދަރާއި ފެރީ ގާތްކުރި ވަގުތު އެދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެދެމީހުން ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައިވެއެވެ.
ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 22 އަހަރުގެ މީހާއަށް 10 ދުވަސް އަދި 24 އަހަރުގެ މީހާއަށް ހަތަރު ދުވަސް ދީފައިވެއެވެ.
މި މައްސަލަ ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!