ހއ. ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރާ ސަރަހައްދުގައި ރުއްގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ކޮށްދީފިއެވެ.

ހޯރަފުށީ އެއަރޕޯޓް ހަދާ ސަރަޙައްދުގައި މި އިންދުނު ރުއްގަހަކީ، ށ. ފީވަކުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ކަމަށް އެމްޓީސީއިން ބުންޏެވެ.

Ad
rt

މި ރުއްގަސް ނެގިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރުއްގަސްތައް އަލުން ދިރުވާ އާލާކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހއ. ހޯރަފުށީ ގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަޝްރޫޢާއި، ށ. ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއުއަކީ ވެސް އެމްޓީސީއިން މަސައްކަތް ކުރަމުންދާ މަޝްރޫޢު ތަކެވެ.

ހުރަފުށީ އެއަރޕޯޓް ތަރައްޤީ ކުރާ ސަރަޙައްދުގައި އެމްޓީސީއިން ރުއްގަސް އިންދައި ދީފައިވާއިރު، ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް 12 ޖުލައި 2020 ގައި އެކުން ފުނިން ވަނީ ފަށާފައެވެ. އަދި އެރަށު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ.

އެމްޓީސީސީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.