ސުޕަ ޔޮޓުތަކާއި ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަ މަތީ ފަންތީގެ ފަތުރުވެރިންނަށް އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ދިނުމަށް މަސައްކަތްފަށައި، އެކަމާއި ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

ކޯވިޑް ނަވާރައާއި ގުޅިގެން ރާއްޖޭގައި އެ ބައްޔަށް ފައްސިވާ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓިފައެވެ.

Ad
rt

ކޯވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަަކަށް އަންނަ ހޯމަދުވަހުން ފެށިގެން ލުއިދޭން ސަރުކާރުން ނިންމައި، އެކަން ޢިއުލާންކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރި ކަމުގެ ސިނާއަތު އަލުން ހުޅުވާލުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް ބައެއް ޕްރައިވެޓް ޖެޓްތައް ރާއްޖެ އައުމުގެ ހުއްދަ ދޫކުރަމުން ދާއިރު، ރާއްޖޭގެ ރިސޯޓް ތަކާއި ގެސްޓް ހައުސްތައް ހުޅުވާލުމަށް ނިންމާފައިވަނީ، އެ ތަނެއް ގައިޑްލައިނާ އެއްގޮތަށް ތައްޔާރު ވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ގައެވެ. އަދި އެއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއި ހެލްތު އޮފިޝަލުން ގަބޫލު ކުރާ ފެންވަރުގެ ގައިޑްލައިނެއް ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިކަމާއިގުޅޭ ރަސްމީ ނިންމުމެއް އަދި ހާމަކޮށްފައި ނުވިޔަސް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަތީ ފަންތީގެ ޓޫރިސްޓުން ރާއްޖެއަންނަން އަންނަން ހޯމަ ދުވަހުން ފެށިގެން ހުއްދަ ދޭން މަސައްކަތް ކުރަމުންނެވެ.