ކޯވިޑް-19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ފުރަންޓް ލައިނުގައި މަސައްކަތްކުރާ މީހުންނަށް ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ފޮތި ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

މިގޮތުން ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ވަނީ 100 ފޮތި ފޭސް މާސްކު ފަހައި، ހަނިމާދޫ ކައުންސިލާއި މިއަދު ހަވާލުކޮށްފައެވެ.

Ad
rt

ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، ކޯވިޑް-19 ގެ މިހާލަތުގައި ހަނިމާދޫގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރުމަށް ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން މިދެއްވި އެހީތެރިކަން ފާހަގަކޮށް، ޝުކުރު ދަންނަވާ ކަމަށެވެ.

ހަނިމާދޫއަށް މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހެޕީމާކެޓް، ހަނިމާދޫ ސާބަ އެކުވެރި ކުލަބު، އައްޑޫ ފުޓް ބޯޅަ ކުލަބެެއް އެފްސީ ޒެފިޔާ އަދި ޕްރެގާރސް އެމްވީ ހިމެނެއެވެ.