އިކޮނޮމިކް މިނިސްޓްރީން މެއި މަހު ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯރޓް އެލެވެންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ހުށަހެޅޭ މުއްދަތު އިތުރު ކުރިކަމަށް އެކޮނޮމިކް މިނިސްޓްރީ އިއުލާން ކޮށްފައިވާއިރު އިތުރު ކޮށްފައިވާ ވަކި މުއްދަތެއް ހާމަކޮށްފައެއްނުވެއެވެ.

Ad
rt

ސަޕޯރޓް އެލެވެންސަކީ ކޯވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ތިން މަސްދުވަސް ވަންދެން ދޫކުރެވޭ އެލެވެންސެކެވެ.

މިގޮތުން މިދިޔަ މަހުވެސް އެލެވެންސް ހޯދުމަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ސަޕޯރޓް އެލެވެންސް ދީފައިވާ ކަމަށް އެކޮނޮމިކް މިނިސްޓްރީން ކުރިން ހާމަ ކޮށްފައިވެއެވެ.

ސަރުކާރުން އެލަވެންސް ދޭން ނިންމާފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ ކަމަށެއެވެ.
އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެކަމަށެއެވެ.