ރާއްޖޭގައި ކޯވިޑް-19 ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ރާއްޖޭގައި މިބަލީގައި މަރުވި 8 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރަށްވާ ފައިވާ ގޮތުގައި މިބަލީގައި މަރުވީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

Ad
rt

އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 9:25 ހާއިރު ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ވަރަށް ކްރިޓިކަލް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން އަށް މީހަކު ބަލީގައި މަރުވި އިރު އޭގެ ތެރެގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

މިބަލީގައި އެންމެ ފަހުން މަރުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި އުމުރުން 89 އަހަރުގެ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ.

މި ބަލީގައި ނިޔާވި ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ށ. މަރޮށީ، ޙުސައިން ޢަބްދުﷲ (88 އަހަރު) އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް (83 އަހަރު) ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް 1884 މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ. މީގެ ތެރެއިން 717 މީހުން ބަލިން ރަނގަޅުވެެފައިވާ އިރު 1159 މީހުން އަދިވެސް ތިބީ މި ބަލީގަ އެވެ.

މިބަލިޖެހުމުގެ ސަބަބުން މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 1478 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1212 މީހުން އެބަތިއްބެވެ.