ލޮކްޑައުންގައި މިހެން ތިބޭއިރު ހާވާނުލާ އެއްޗެއް މަދުވާނެއެވެ. އެއްދުވަހު ޔޫޓިއުބުގައި ހޭދަ ކޮށްލާއިރު ޖެހިގެން އަންނަ ދުވަހު ހާކާނި ފޮތް އަލަމާރިއެވެ. ކިޔާލަން ރަނގަޅު ފޮތެއް އަތުޖެހޭތޯއެވެ. ލިޔުންގަނޑު ދިގު ކަމުން ފޫހިވެގެން ފޮތް އޮތްތަނުގައި ބާއްވާފައި ފޯނާއި ކުޅެން ފެށޭ ދުވަސްތައް ހައްތަހާ ވީ ގިނައެވެ.

ގޭގައި ވައި ވެގެން ތިބެން ޖެހުމުން ބޮޑަށް ސާރޗް ކޮށްލެވެނީ މަޖާއެއްޗެއް ފެނޭތޯއެވެ.

Ad
rt

ހަމަ ކުއްލިއަކާ ރައްޓެއްސެއް ޓެގްކޮށްލަފާނެއެވެ. ބަލާލާއިރު އޮންނާނި ދުވަސްވަރާއި ގުޅޭ މަޖާ މީމްސެކެވެ. ދެން ބަލަ ބަލާފައި ހީހީފައި އެހެން ރައްޓެއްސަކަށް ޓެގްކޮށް ނުލާ ނުހުރެވެ އެވެ. ޅައުމުރުގައި ކުރީ މިކަމޭ ކިޔާފައި ކުޑައިރުގެ ރައްޓެއްސެއް ގަޔަށް ބޮލަށްވެސް އަރާ ލެވެނީ އެވެ. އެކި ކަން ކަމާއި ގުޅުވައިގެން ހުންނަ މީމްސްތައް ގިނަ ކަމުން ހީފައި ކުރާނެ އެހެން ކަމެއް ނެތެވެ. ނޭނގޭ ކަމަށް ހަދާފައި ފެމިލީ ވައިބަރ ގުރޫޕަށް ލާފައި ހަނު ހުންނަނީ އެވެ.

މީގެ އިތުރުން ޓިކްޓޮކްގައި ދިވެހި ކުދިންގެ ހުނަރަކީ ބަލާ ފޫހިނުވާ ހުނަރުތަކެއެވެ. އެތާ ހުސް ތިބެނީ ހަމަ ދެންމެ އެރި ތާޒާ ތަރިންނެއެވެ. ކުރީ ކުޅެފައި ހުންނަ ދިވެހި ފިލްމުތަކުގެ ތަންތަން ކޮޅު ފެންނަ ކަހަލައެވެ. ހިންދީ ފިލްމުތަކުގެ ހަނދާންތަކެވެ.

ސޯސިއަލްމީޑިޔާގައި މުޅިދުވަސް ހޭދަ ކޮށްލާއިރު އެންމެ އުނދަގޫ ވަނީ ވަކި ކަމަކަށް މީހާ ހާއްސަވުމަށެވެ. ޓިކްޓޮކް ބޭނުންކުރުމުގައި ކިތައްމެ ހަރަދު ބޮޑުވިޔަސް ސަޕޯރޓްކުރާ ފަންނާނުގެ ހާލަކީ ކޮބައިތޯ ބަލާލެވެނީ ވަރެއް ވެފައިތިބީމަތާއެވެ.
ގަޔާވާ ފަންނާނުންގެ ވީޑިއޯ ތައް ބަލަ ބަލާފައި އެކަނި ހުރެ ހިންޏާހެދި އަވަދިވެއެވެ. ދޫކުރާނެ ވަކި ފަންނާނެއް ނެތެއެވެ.

ހުރިހާވެސް ބޭނުމަކީ މަޖާ ކޮށްލުމެއެވެ. އެކަނިވެރިކަން ފިލުވާލުމެއެވެ. މި ހުރިހާ ވިސްނުމެއް އޮތް އިރު ނިންމަން އުނދަގޫ ވަނީ އެންމެ ގަޔާވެގެން އިނދެވެނީ މީމްސް ތައް ސެއަރ ކުރަންތޯ ނުވަތަ ޓިކްޓޮކް ބަލަންތޯއެވެ.

މިއީ މިފަހަރު ލޮކްޑައުންގައި ނިންމަން އެންމެ އުދަގޫ ނިންމުމެއެވެ.