ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ކޯލް ސެންޓަރުގެ ޚިދުމަތް އަލުން ފެށިފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް އަލުން ފެށިފައި ވާކަމަށެވެ. ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކޯލް ސެންޓަރު ހުޅުވިފައިވާ ވަގުތުތަކުގައި 1666 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރަކުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ.
މީގެ އިތުރުން ވެމްކޯ ކޯލްސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސްތަކުގައިވެސް ލިބޭނެއެވެ. ހުކުރު ދުވަސްތަކުގައި އެ ކުންފުނީގެ ކޯލްސެންޓަރުގެ ޚިދުމަތް ދޭ ގަޑިއަކީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.
ވެމްކޯއިން ވަނީ ފުރަބަންދާއި ގުޅިގެން ކަސްޓަމަރުންނަށް ފަސޭހަވާނޭހެން ގިނަ ބަދަލުތަކެއް ޚިދުމަތަށް ގެނެސް، ވެމްކޯއިން ދެވޭ ޚިދުމަތްތައް ފުރަބަންދުގެ ހާލަތާއި ގުޅުވައިގެން ކަސްޓަމަރުންނަށް ފަސޭހަކޮށް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!