ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން ދައްކައިދީފިއެވެ.

ނައިވާދޫ ޒުވާނުން ގުޅިގެން ކުރަމުންދާ މަސައްކަތް ތަކުން ދަނީ އެކަން ވަރަށް ރަނގަޅަށް ދައްކުވައި ދެމުންނެވެ.

Ad
rt

އެގޮތުން އެ ޒުވާނުންވަނީ އެރަށުގެ ބަނދަރު މަތީ ގައި "ނައިވާދޫ" ނަން ބޯޑު ހަދައި، އެރަށުގެ މޫނު މައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިއެވެ.

މާމަމެން އުފަލުން، ހިނިތުންވެ އެތިބީ މާމަ ދަރިންގެ އަތްތަކުން ދިން ލޯބި ހަދިޔާގެ ސަބަބުންނެވެ. އެ ޒުވާނުންވަނީ ލޯކަލް ޓޫރިޒަމަށް މަރެއް ފަދަ އެރަށުގެ ހިތްގައިމު ގޮނޑު ދޮށުގައި މާމަމެން މޫދަށް އެރި، ކަސްރަތު ކޮށްލަން އަންނަ ވަގުތު ހިތް އުފާ ކޮށްލުމަށް އުނދޯލި އެލުވައި ދީފައިއެވެ.

އެ އުނދޯލި ތަކުން ހިތް ތަކަށް އަރާމު ހޯދަނީ މާމަމެން އެކަންޏެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް އެ ހަދިޔާ ބޭނުން ކުރެވޭނެއެވެ.

މިމަސައްކަތްތައް ކުރަމުންދަނީ ހިލޭ ސާބަހަށް، އެޒުވާނުންގެ ޖީބުން ހަރަދު ކޮށްގެންނެވެ. ރަށަށްޓަކައި ކުރަން ޖެހުނު އެއްވެސް ކަމަކަށް އެޒުވާނުން ފަސް ޖެހުމެއް ނެތެވެ.

ކޯވިޑް-19 ގެ ސަބަބުން އަދާ ކުރަމުން ދިޔަ ވަޒީފާގެ ނޯޕޭ ލީވަށް ރަށަށް ދާން ޖެހުމުންނާއި، ވަޒީފާ އަދާ ކުރަމުން ދިޔަ އޮފީސްތައް ބަންދު ވުމުން ރަށަށް ގޮސްތިބި ނައިވާދޫގެ ޒުވާނުން، ރަށުގައި ތިބި ޒުވާނުންނާއި ގުޅިގެން ކޮށްފައި މިވާ މަސައްކަތްތަކުން ރަމްޒުކޮށް ދެނީ ޒުވާނުންގެ ހިތުގައި އަމިއްލަ ރަށަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ އެކުވެރި ކަމެވެ. ހަމަ އެހެންމެ އެރަށުގެ ރައްޔިތުންގެ އެއްބައި ވަންތަ ކަމެވެ.

ތިލަދުން | Thiladhunނަލަނަލަ ނައިވާދޫ: ލޯކަލް ޓޫރިޒަމް ފައްކާކުރަން ހަމަ މަރެއްހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެ...

އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ، " އަބަދުވެސް ރަށުގެ ކަމަކަށް ގޮވައިލައިފި ނަމަ އެންމެންވެސް ނުކުންނާނެ" ކަމަށެވެ. މިދުވަސް ވަރަކީ ކޯވިޑް-19 ގެ ބިރުވެެރިކަން އޮތް ދުވަސް ވަރަކަށް ވާތީ މަސައްކަތް ކުރީ އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދީގެން ކަމަށްވެސް އެ ޒުވާނާ ބުންޏެވެ.

ތިލަދުން | Thiladhunނައިވާދޫ ޒުވާނުން އެރަށު ހުކުރު މިސްކިތް ސާފު ކޮށްފިހދ. ނައިވާދޫ ޒުވާނުން އެރަށުގެ ހުކުރު މިސްކިތް، މަސްޖިދުލް އައްވާބީން ސާފުކޮށްފިއެވެ. ނައިވާދޫ ޒުވާނުން ނުކުމެ އެރަށުގެ ހުކުރު މިސްކިތް ފޮޅާ ސާފުކޮށް، މިސްކިތުގައި ނުދިއްލި ހުރި ލަ...

މި ހިނގާ މާރިޗް މަހުގެ 11 ވަނަ ދުވަހު ނައިވާދޫ ޒުވާނުންވަނީ އެއްބައިވަންތަކަން ދައްކަމުން އެރަށުގެ ހުކުރު މިސްކިތްވެސް ސާފުކޮށްފައެވެ.

ނައިވާދޫ ޒުވާނުންގެ އެކުވެރި ކަމުގެ ސިލްސިލާއަކަށް ނިމުމެއްނެތެވެ. އެ ޒުވާނުން ތިބީ އަތު ގުޅާލައިގެން ރަށަށް އޮތް ލޯބި ދައްކައި ދިނުމުގައި ދެމި ތިބުމަށް އަޒުމް ކަނޑައަޅައިގެންނެވެ.