ފިހާރައެއް ފަޅާލައި ބައިލައްކައެއްވުރެ ގިނަ ރުފިޔާ ވަގަށްނެގި 2 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

މާލެގައި ހުންނަ ބިޒްމޮބައިލް ފިހާރަ ފަޅާލި ދެމީިހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މާރޗްމަހުގެ 23 ވަނަ ދުވަހައިި އެމަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅި މިވައްކަމުގެ މައްސަލައިގައި 75000 ރުފިޔާއަށްވުރެން ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަމަށް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވެއެވެ.

Ad
rt

މީގެއިތުރުން އެތަކެތި ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން، އޭގެ ތެރެއިން 62000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ތަކެތިހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވެއެވެ. މި މައްސަލަ އާ ގުޅިގެން، މާރޗް 30 ވަނަ ދުވަހު 36 އަހަރުގެ ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި މާރޗް 31 ވަނަ ދުވަހު 39 އަހަރުގެ ދިވެހި ފިރިހެނަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ދެ މީހުންގެ ތެރެއިން ފިރިހެން މީހާއަކީ ކަރަކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައުއަށް ދޫކޮށްލާފައި ހުރި މީހެކެވެ. އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި އޭނާ ނުހިފީ ކަމަށް ބަލައި އޭނާ ކަރެކްޝަނަލް ސާވިސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.