އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ ކާށިތަކެއް ނީލަން ކިޔުމަށް ބޭނުންވެގެން އިޢުލާންކޮށްފިއެވެ.
މިއަދު އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ 07 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 21 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 04 އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ކާށި ވާ ދޫކޮށް ލިބިފައިވާ ކާށިކަމަށް ބުނެފައިވެއެވެ. އެ ގޮތުން އެކައުންސިލަށް ލިބިފައިވާ ކާށި ނީލަންކިޔުން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެކައުންސިލް އިދާރާގައި އޮންނާނެކަމަށް ބުނެފައިވެއެވެ.
މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދިފައިވެއެވެ.
އއ ފެރިދޫގައި އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. އެރަށަށް އަދިވެސް އަރިއަތޮޅުގެ ދުވަސްވީ މީހުން ކިޔާ އުޅެނީ "ބޮޑު ފެރިދޫ" އެވެ. މިރަށަކީ 44.2 ހެކްޓަރުގެ ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!