ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,314,587.13 (އެއް މިލިއަން ތިން ލައްކަ ސާދަ ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތޭރަ ލާރި) ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފައިވަނީ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގައި ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ވާރޑްތަކުގެ ހޫނުގަދަ ވުމަކީ އެ ކަމުގެ ސަކުވާ ބޮޑުވެފައިވާ ކަމެކެވެ.
"ދެ ވާރޑެއްގައި ފްރެޝް އެއަރ ސިސްޓަމް ހަރު ކުރެވިގެން މި ދިޔައީ. ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އަދި ގައިނީ ވާރޑް އަކީ ކުރިއަށް އޮތް ތަނުގައި އީ.އާރު ގެ ގޮތަށް ތަރައްޤީ ކުރަން ނިންމާފައިވާ ވާރޑް ކަމުގައި ވާތީ އެ ވާރޑްގައި ފްރެޝް އެއަރ ސިސްޓަމް ހަރުކުރެވިގެން މި ދިޔައީ" -
މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު މިކަމާއި ގުޅިގެން މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
މީގެ އިތުރުން އަޙަމްދު ދާއޫދު ބުނެފައިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަމަށާއި އަޅުގަނޑުމެންގެ ވާރޑްތަކުގައި އެނދު މަދުވުމުން މަސައްކަތް ކުރުމަށް ވާރޑްތައް ހުހެއް ނުކުރެވުނުކަމަށެވެ. އަދި ސީލިންގގެ މަރާމާތުތައް ވެސް ކުރުމަށްވެސް ބޭނުންވާކަމަށާއި މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!