ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މަޖިލިސްމެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސްކަމަށެވެ. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައި ކަމަށްވެސް މެމްބަރު ޢަލީ ވިދާޅުވިއެވެ.
ދިރާގުގެ ހިއްސާއިން ބައެއް ބޭރުގެ ފަރާތަކަށް ވިއްކާލާފައިވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.
ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގަ.
— Ali Hussain (@AleeVoice) March 24, 2020
އިންޓަރނެޓް އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިސަރުކާރުން މިހާރު ޢިއުލާން ކުރަށްވާފައިވަނީ 2022 ވަނަ އަހަރު އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮވެގެން ދާނެކަމަށެވެ.
ކޮޮވިޑް-19 ގެ ސަބަބުން ރައްޔިތުން ގޭ ބަންދުގައި ތިބެންޖެހިފައިވާ މިދަނޑިވަޅުގައި، އިންޓަރނެޓަކީ އެންމެ ބޭނުންތެރި، ބައިވެރިޔާއަށްވަނީ ވެފައެވެ. ނަމަވެސް ރާއްޖެގެ އިންޓަރނެޓުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ޖީބުތަކަށް ދިމާވެފައިވާ ބުރައެކެވެ.
ކޮވިޑް-19 ގެ ސަބަބުން އެތައް އޮފީސް ތަކަކުންނާއި، އެތައް ކުންފުނިތަކެއް އަދިއަމިއްލަ ވިޔަފާރިތަކުގެ ގިނަ ޢަދެއްގެ މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެން އިންޓަރނެޓް ބޭނުން ކޮށްގެންނެވެ.
އަންނަ ހަފުތާއިން ފެށިގެން އޮންލައިންކޮށް މަޖިލިސްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމި އިރު، ސަރުކާރު ބަންދު ކުރަންދެން ކިޔަވައިދެމުން ދިޔައީވެސް އިންޓަރނެޓް ބޭނުން ކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!