ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 އިން އިނގިރޭސި ވިލާތް ސަލާމަތް ކުރުމުގެ ގޮތުން، އެޤައުމުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވި މުހިންމު ފިޔަވަޅުތައް
- ދެ މީހުންނަށްވުރެ ގިނައިން އެއްވެ ތިބުން މަނާކުރުން
- އާންމު ހަރަކާތްތައް، ކައިވެނި ޕާޓީތައް އަދި އެހެނިހެން ހަފްލާތައް ހިމެނޭގޮތައް މަނާކުރުން (ޖަނަޒާތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ.)
- ކަސްރަތު ކުރުމަށް ދުވާލަކު އެއް ފަހަރު ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކުރުން
- ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްގައި ނޫނީ އޮފީހަށް ދިއުން މަނާކުރުން
- ފިހާރަތައް ހުޅުވޭނީ އަސާސީ ތަކެތި ވިއްކުމާއި ބޭސް ވިއްކުމަށްކަމަށް އެންގުން (އަސާސީ ތަކެއްޗާއި ބޭސް ގަތުމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ އޮވެ އެވެ.)
- ކަސްރަތު ކުރެވޭނީ އެކަނި ނުވަތަ ގޭގައި ދިރިއުޅޭ މީހުންނަށްކަން އެންގުން
- އޮފީހަށް ދެވޭނީ ގޭގައި މަސައްކަތް ކުރެވެން ނެތް ހާލަތެއްގަ އިކަން އެންގުން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ހޯމަ ދުވަހުގެރޭ ދެއްވި ހިތާބުގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށާއި އާންމު އެއްވާތަންތަނަށް ދެމީހުން އަށްވުރެ އިތުރަށް ދިއުން ވަނީ މަނާ ކޮށްފައެވެ.
އަދި އާންމުން މި ގަވައިދުތަކަށް ކަމޭ ނުހިތާނަމަ އާންމުންނާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ ބާރު ދީފައެވެ. އެގޮތުން އާންމުން އެއްވާނަމަ ޖޫރިމަނާ ކުރުމަށާއި އެއްވުންތައް ރޫޅައިލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
އިނގިރޭސި ވިލާތުން 6،650 މީހުން ޕޮޒިޓިވްވެ 335 މީހުން ވަނީ މަރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!