ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުން، ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އައު ކުރެވޭނެ ގޮތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.
އެހޮސްޕިޓަލުން އިއްޔެ ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" ގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ރައްކާތެރިވެ، ރައްޔިތުން މި ރޯގާ އިން ސަލާމަތް ކުރުމަށް އެ ހޮސްޕިޓަލުން ވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންކަމަށާއި އެގޮތުގެ މަތީން، ދާޢިމީ ބަލިތަކަށް ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅުން، ބޭސް ސިޓީ އައު ކުރެއްވުމަށް، މިހާރު ލިބިފައިވާ ބޭސް ސިޓީގެ ފޮޓޯއެއް ނެންގެވުމަށްފަހު، މިކަމަށް ޤާއިމު ކުރެވިފައިވާ ވައިބަރ ނަންބަރު 7887799 ށް ފޮނުއްވުން އެދޭކަމަށެވެ.

އަދި މިކަމާއި ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ކުރައްވަން ބޭނުންފުޅުވާނަމަ، މި ވައިބަރ ނަންބަރު މެދުވެރިކޮށް ކުރެއްވުން އެދެމެވެ. މީގެ އިތުރުން، މިކަމާއި ގުޅިގެން ހޮސްޕިޓަލަށް ކުރަން ޖެހޭ ޒިޔާރަތެއް ކުރަން ޖެހިއްޖެ ޙާލަތެއްގައި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުވެސް މި ވައިބަރ ނަންބަރު މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!