ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިންއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މިއަދު ބުނީ ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިކަމަށެވެ.
ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިން.
އަދި މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައި. pic.twitter.com/v8nSBVagNe— SME Development Finance Corporation (@SDFC_mv) March 18, 2020
އޭގެ އިތުރުން މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައި ވާކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯފަރޭޝަން (އެސްޑީއެފްސީ)އަކީ ސްމޯލް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ގޮތް ފަހިކޮށްދީ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!