ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވަރަށް މުހިންމު އިލްތިމާސްއެއް ކުރައްވާފައެވެ. މަބުރޫކު ވިދާޅުވީ ސަރުކާރު ބަންދު ކުރަން ނިންމާފައިވަނީ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް ކަމަށާއި ސިއްހަތަށް ވިސްނާ، އާންމުން ގޭގައި ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާއިރު އެ ދުވަސްތަކަކީ މޫދަށް ދިޔުމަށް، އަދި ކޮފީތަކަށް އެރުމަށް ބަންދުކުރާ ދުވަސްތަކެއް ނޫން ކަމަށާއި އެހެންނަމަވެސް ގޭގައި ތިބުމަށް ބަންދުކުރާ ދުވަސްތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

Ad
rt

"މި ބުރާސްފަތިން މިއަންނަ ބުރާސްފަތީގެ ނިޔަލަށް މިއޮތީ ސަރުކާރު ބަންދު ދުވަސްތަކެއް. ހުރިހާ ބޭފުޅުންނަށް، ތިބޭފުޅުން [ނޫސްވެރިން] އިލްތިމާސްކޮށްދެއްވާ، މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލް އަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން. މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،"

މަބްރޫކު ވިދާޅުވި އެވެ.

މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ވަނީ މިއަދު ނިންމާފަ އެވެ.

މަބުރުޚުގެ މިވާހަކައަށް ބާރުދެއްވާ ޑރ މުޙައްމަދު އަލީވެސް ވަނީ ޓުވީޓެއް ކުރައްވާފައެވެ. މިޓުވީޓުގައި މުޙައްމަދު އަލީ ބުނެފައިވަނީ ކޮވިޑް-19 ނަގަންޖެހެނީ ވަރަށް ސީރިއަސްކޮންކަމަށާއި މިކަނުން އަރައިގަނެވޭނީ އެއިރުންކަމަށެވެ.

މަސައްކަތައް ނިކުތުން، ކޮފީ، ދަތުރު ކުރުން، އެއްވުންތައް، ޖިމް، ޑޭޓިން، ކުލިނިކްތަކަށް، ސެލޫންތަކަށް، ޓޫރިސްޓް ޑެސްޓިނޭޝަންތަކަށް، ސިނަމާ، އާންމު ފިހާރަތަށް ނޫން ފިހާރަތަކަށް، ސުކޫލް، ރައުޓިންސް އޮޕްސް، މީޓީންސް، ހޭލުންތެރިކުރުމުގެގެ ސެޝަންތައް ވަގުތުން ހުއްޓަލުމަށް ޑރ މުޙައްމަދު އަލީ ވަނީ ގޮވާލާފައެވެ.

"މި އެޑްވައިސް ހުރިހާ އެންމެންވެސް ފޮލޯކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެއީ ކޮންމެ ބައެއްވެސް މި އެޑްވައިސްތައް ފޮލޯކޮށްގެން އަސްލު އަޅުގަނޑުމެންނަށް މި ބަލިން ރައްކާތެރިވެ ތިބެވޭނީ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވިއެވެ.

މިކޮރޯނާވައިރަސްއާ ގުޅިގެން އާންމުން އުޅޭ ތަންތަނުގެ އިތުރުން ގޭތެރެވެސް ގިނަގިނައިން ސާފުކޮށް ހެދުމަށް ޑރ. އަހުމަދު ޝަހީދު އިލްތިމާސްކުރައްވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް، ސެލްފް އައިސޮލޭޝަނަށް ދާން އަންގާ އެންގުމަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމާއި ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެފަދަ މައުލޫމާތުތައް ހުރި ނަމަވެސް ބަލިން ރައްކާތެރިވެވޭނީ އެންގުންތަކަށް އަމަލުކޮށްގެން ކަމަށް ޝަހީދު ވިދާޅުވި އެވެ.