ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެކެވެ.
އެމީހާ އަށް ތިމަރަފުށީގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް ތ. ވޭމަންޑޫ ގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ފަޅުތެރޭގައި އޮތް އެ ލޯންޗުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
މީގެއިތުރުން، ލޯންޗުގައި ވަރުގަދައަށް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!