އިންޑިއާއިން މާލެ އައުމަށް ފްލައިޓަށް އެރުމާއެކު ކުއްލި ޞިއްޙީ ޙާލަތެއް މެދުވެރިވެ، ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދެމުންދާ ރާއްޖޭގެ މަގުބޫލު ޓިކްޓޮކް ތަރި، ހދ. ކުޅުދުއްފުއްޓަށް އުފަން އައިމިނަތު ހުސައިން (ރިޝްމީ) އަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އެދިއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އިންޑިއާއިން ފުރަން ފްލައިޓަށް އެރި ވަގުތު ކުއްލިއަކަށް ފިޓްޖެހި، ހިތް ހުއްޓުމާ ގުޅިގެންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް 9 ދުވަސް ވެފައިވާއިރު، ރިޝްމީއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ޓްރިވެންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އައިމިނަތު ހުސެންއަށް އެހީއަށް ހޯދުމުގެ ކެމްޕެއިން މީސް މީޑިއާގެ ބައެއް ގްރޫޕްތަކުގައި ކުރިއަށްދާއިރު، އެހީގެ ޕޯސްޓްގައި ބުނެފައިވާގޮތުގައި ބަލި ދަރިއަކު ގޮވައިގެން ދިރިއުޅޭ އެކަނިވެރި މައެއްގެ ގޮތުގައި ހުރި ރިޝްމީގެ ފަރުވާއަށް މިވަގުތު ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިވެ، ޢާންމުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

އައިމިނަތު ހުސައިން އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް:

7706349071101

Aminath Hussain