ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ސްކޭން މެސިން އެ މަރުކަޒަށް ލިބިފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.

އެ ސްކޭން މެޝިން ހަނިމާދޫ އަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

Ad
rt

އެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ޝަމީމް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެގޮތް ހެދުމަށް ބޭނުންވާ ސްކޭން މެޝިން އެ މަރުކަޒަށް ލިބިފައިވާކަމަށެވެ.

''މިހާރު މިވަނީ ސްކޭން މެސިން ގެނެވިފައި. އިންސްޓޯލް ކުރެވި ދާދި އަވަހަށް ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ." ޝަމީމްގެ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.

އޭނާ ވަނީ ހަނިމާދޫގެ ސިއްހީ ތަރައްގީއަށް ސަރުކާރުން މިހާރު ކުރަށްވަމުން ގެންދަވާ ބައެއް މަސައްކަތްތައް ވެސް ފާހަގަކުރަށްވާފައެވެ. އެއިގެ ތެރެއިން ހަނިމާދޫގައި އަޅަން ނިންމާފައިވާ އާ ހޮސްޕިޓަލް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށާއި، އެކްސްރޭ ރޫމް ދެ ކޮންސަލްޓޭޝަން ރޫމް ހިމެނޭ ހަނިމާދޫ ސިއްހީ މަރުކަޒުގެ އެެކްސްޓެންޝަން ޢިމާރާތާއި، ޑައެލެސިސް ރޫމް ކޮންޓުރެޓަރާ ހަވާލުކުރެވިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރަކާއި އަދި ފިޒިޝަނެއް ވެސް ހަމަޖައްސައިދީފައެވެ.