އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަު ހދ. ފިނޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ފުލުހުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ރީޖަންގެ ނުވަ ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވާފައިވެއެވެ.

މީގެ އިތުރުން، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި ފުލުހުންނާއި، ތަހުގީގުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފުލުހުންގެ މަސައްކަތް ބަލައިގަނެފައިވެއެވެ.

އެގޮތުން ޖުމްލަ 34 ފުލުހެއްގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ފުލުހުން އަންނަނީ ހުރިހާ ރީޖަނެއްގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ޚާއްޞަ ރަސްމިއްޔާތުތައް ބާއްވަމުންނެވެ.