މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުމުގއ ވަގުތު އިތުރުކޮށްފިއެވެ.
އެ ޕާޓީން ބުނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން، ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން މި ވޯޓުގެ ވަގުތު އިތުރުކުރޫ މިރޭ 9:00 އާއި ހަމައަށެވެ.
މި އިންތިހާބު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސްރީލަންކާގައި ވެސް ކުރިއަށްދާއިރު، މި އިންތިޚާބުގައި ވަނީ ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ފުރަތަމަ ނިންމާފައި އޮތީ މިރޭ 8:30 އާ ހަމައަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު (ވާޑު) ގެ އިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!