ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދިއްދޫ އެކުވެރިކަމުގެ ޗޭނު ގުޅިގެން ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތަކީ 18 އަހަރުންމަތީގެ އަންހެން ބޭފުޅުންނަށް ހުޅުވާލެވިފައިވާ މިބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެ ޖަމުޢީއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް އެޖަމިއްޔާއިން ކުރި އިޢުލާނުގައިވަނީ އެދިފައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ޖަމުޢިއްޔާގެ އިދާރާއިން ލިބެން ހުންނާނެކަމަށާއި އަދި ފޯމް
ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 5() މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގައިކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި 7 ވަނަ ޤުރުއާން މުބާރާތް މިދިޔަ ނޮވެމްބަރު މަހުގައިވަނީ ބާއްވާފައެވެ. އަދި އެޖަމިއްޔާއިން ވަނީ ޤާރީކޯސް ލެވެލް1 އަދި2 ގެ ކޯސްތައްވެސް އެރަށުގައި ހިންގާފައެވެ.

ދިއްދޫ އަކީ ގިނަ ކުލަބް ޖަމިއްޔާތަކެއް ހަރަކާތްތެރިވާ އިޖުތިމާޢީ، ދީނީ އަދި ކުޅިވަރުގެ އެކިކަހަލަ މުބާރާތްތަކާއި ހަރަކާތްތައް އަބަދުވެސް ހިންގަމުން އަންނަ ރަށެކެވެ.