ޖީނިއަސް ޗެސް އެކަޑެމީ އާއި މޯލްޑިވިސް ޗެސް މާސްޓާ އެކަޑެމީ ގުޅިގެން ކުރިއައް ގެންދިޔަ ސުޕަ ޖީނިއަސް ޗެސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލައިފިއެވެ.
ހުޅުމާލެ ޗެސް އާކޭޑްގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 33 ކުޅުންތެރިން ވާދަކުރިއެވެ.
މުބާރާތުގެ ޗީފް އޯގަނައިޒަރ އަބޫބަކުރު އާދަމް "ތިލަދުން" އަށް ވިދާޅުވި ގޮތުގައި މުބާރާތަކީ ބްލިޒް ޗެސް އަށް ލޯބި ކުރާ ކުޅުންތެރިންގެ މެދުގައި އެކުވެރި މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދީ ކުޅިވަރުގެ ގަވާއިދައް ކުޅުންތެރިން އަހުލުވެރި ކުރުމުގެ މަގުސަދު ގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މުބާރާތުގެ އޯޕަން ކެޓަގަރީގެ އެއްވަނަ އަލީނާ ސާރާ އަހުމަދު، ފޮޓޯ: ޖީނިއަސް ޗެސް އެކަޑެމީ
ޖުމްލަ 7 ރައުންޑަށް ކުޅުން މުބާރާތުގެ އެކި ވަނަ ވަނަ އަށް ދިޔަ ކުޅުންތެރިންނަށް މެޑެއްޔާއި ޓްރްފީ ހަވާލުކޮއްދެއްވީ ސީނިއަރ ގައުމީޓިމުގެ ކުޅުންތެރިޔާ މުހައްމަދު ރާކިން ފަޔާޒް އެވެ.
ސުޕަ ޖީނިއަސް ޗެސް ޓޯނަމަންޓުން ކާމިޔާބީތައް ހޯދި ކުޅުންތެރިން، ފޮޓޯ: ޖީނިއަސް ޗެސް އެކަޑެމީ
މުބާރާތުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ ވުމަންސް ކެނޑިޑޭޓް މާސްޓަރ އައިޝަތު އިވާ ހަސަން އެވެ. ދެވަނަ އައިޝަތު ޒާރާ ޝިމާދު ހޯދި އިރު ތިންވަނަ ހޯދީ އީނާ އަބްދުﷲ ހަސަންއެވެ . އޯޕަން ކެޓަގަރީގެ އެއްވަނަ އަލީނާ ސާރާ އަހުމަދު ހޯދި އިރު ދެވަނަ ހޯދީ އަދްޔަން މުންތަޒިމް އެވެ. އަދި މިކެޓަގަރީގެ ތިންވަނަ ހޯދީ އިސްމާއިލް އާކިން ހަސަންއެވެ. މުބާތާރުގެ އެންމެ ހަގު އަންހެން ކުޅުންތެރިއަށް ލިޔާނާ އާރާ އަހުމަދު ހޮވުނު އިރު އެންމެ ހަގު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލޫތް އަލްޔަން އާބިދް އެވެ.
މުބާރާތުގެ ޗީފް އާބިޓަރ އަކީ އިބްރާހިމް އިމްރާން ސަޢީދުއެވެ. އަދި ޑެޕިއުޓީ ޗީފް އާބިޓަރ އަކީ މުހައްމަދު ރައްޔާން އާދަމް ޝާކިރްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!