އުގެއިލް ފައުންޑޭޝަންއިން "ދަ ސާރކަލް" ގެ ނަމުގައި އުގަންނައި ދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
ދަ ސާރކަލްއަކީ އުގެއިލް ފައުންޑޭޝަންގެ ދަށުން ހިންގާ އުގަންނައި ދިނުމުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ސްޓެމް (ސައިންސް ޓެކްނޮލަޖީގެ އެންޖިނިއަރިންގް އަދި ހިސާބު) ގެ އޮނިގަނޑަށް ބިނާކޮށް މި ދާއިރާތަކުން އެކުދިންނަށް ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަށް ދަސްކޮށްދިނުމެވެ. މީގައި ހިމެނެނީ ކަންކަން ހައްލު ކުރުން، މުއާމަލާތް ކުރުން، އިނގިރޭސި ބަސް، އިލެކްޓްރޯނިކްސް، ރޮބޮޓިކްސް އަދި ކޯޑިންގް އެވެ.
މި ޕްރޮގުރާމާއި ގުޅޭގޮތުން ދަސާރކަލް ވެބްސައިޓުގައި ބުނެފައިވެއެވެ.
މި ޕްރޮގުރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައެވެ. މި ޕްރޮގުރާމުގައި ކުދިންނަށް ވިސްނުން އިސް ކުރުމާ އެކީ ގުޅިގެން މަސައްކަތް ކުރުމަށް ކުދިންނަށް ބާރު އެޅޭނެ ކަމަށާއި ޒަމާނީ ކޮމްޕިއުޓަރު ކޯޑުކުރުމަށް ދަސްކޮށް ދެވޭނެކަމަށް އެ ފައުންޑޭޝަން އިން ބުނެއެވެ. އިނގިރޭސި ބަސް އަދި ބަސް މޮށުންތެރިކަން ކިޔަވަދޭނީ އިނގިރޭސި ވިލާތުގެ ޓީޗަރުންގެ އެހީތެރިކަމާއި އެކުކަމަށާއި މިއީ 1 އަހަރު ދުވަހުގެ ޕްރޮގުރާމެއްކަމަށް އެފަރާތުން ބުނެފައިވެއެވެ.
ލެބްގެ ހިދުމަތްތައް ލިބޭނެކަމަށާއި އެގޮތުން ލެބްތައް ފަރުމާކުރެވިފައިވާނީ ދަރިވަރުން ޓެކްނޮލޮޖީ އަށް އަހުލުވެރިވެވޭނެގޮތަށްކަމަށް ބުނެފައިވެއެވެ. އަދި އިލެކްޓްރޯނިކްސް ކިޓު، ޓެބްލެޓް އަދި ރޮބޮޓިކްސް ކިޓް ފަދަ ތަކެތި ކުދިންނަށް ފޯރުކޮށްދެވޭނެކަމަށާއި މުދައްރިސްގެ އިރުޝާދުގެ ދަށުން ދަރިވަރުންގެ ހަރަކާތްތައް ރޭވިފައިވާނީ އީ ލާރނިންގް ކޮންސެޕްޓަކަށް ކަމަށް އަދި މައިގަނޑުގޮތެއްގައި ދަރިވަރުންނަށް ހަވާލުކުރެވޭނީ ގްރޫޕް މަސައްކަތްތަށްކަމަށް ވެއެވެ.
މި ޕްރޮގުރާމަށް އެކަށިގެންވާ ޢުމުރުފުރާ އަކީ އުމުރުން 7-14 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނެވެ. ކުލާހެއްގައި ހިމެނޭނީ 20-25 ދަރިވަރުން ކަމަށާއި ޕްރޮގުރާމު ކުރިޔަށް ދާނީ މިކަމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަމަށް އެފައުންޑޭޝަންއިން ބުނެއެވެ.
އުގެއިލް ފައުންޑޭޝަނަކީ ރާއްޖޭގައި އުފެދިފައިވާ އަމިއްލަ
ޖަމިއްޔާ އެކެވެ. މިޖަމިއްޔާގެ މަގުސަދަކީ ހަމަހަމަ ކަމާއިއެކު ޒަމާނީ ތަރައްގީގެ ހަރުފަތްތަކަށް ފަރުދުން ވާސިލު ކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މި ކުލާސްތަކުގައި ރަޖިސްޓަރީވުން މިހާރުވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރީވުމަށް theCircle.Ugail.org އިތުރު މަޢުލޫމާތު ލިބޭނެކަމަށް ބުނެފައިވެއެވެ.
Introducing the Circle for kids. https://t.co/zMdQCJb6Wp pic.twitter.com/U0nkrkdJtG
— Professor Ugail (@ugail) February 26, 2020
ފުރަތަމަ ބަޗް ފެށޭނީ މިއަހަރު މާރޗް އޭޕްރީލް 2020 ގައިކަމަށް އެފަރާތުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!