ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާއި ބެހޭ ތަމްރީން ޕްރޮގްރާމެއް ހއ. ތުރާކުނުގައި ހިންގައިފިއެވެ.

އެ ޕްރޮގާމަކީ ޒުވާނުންނަށް އަމާޒު ކުރައްވައިގެން ސަރުކާރުން ހިންގަވާ ލައިފްސްކިލް އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން ހިންގެވި ޕްރޮގާމެކެވެ. ތުރާކުނުގައި އެ ޕްރޮގްރާމް ހިންގީ މިމަހުގެ 19 އިން 20 އަށެވެ.

Ad
d

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހއ. ތުރާކުނު ކައުންސިލް ގުޅިގެން އެރަށުގައި ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ޒުވާނުން ހެދުމާއި، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމާއި، ޒިންމާދާރު ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ މި ދާއިރާއިން ޚާއްސަ ތަމްރީން ލިބިވަޑައިގެން ތިއްބެވި ފަންނީ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 33 ބައިވެރިންގެ ތެރެއިން، ވަޒީފާގައި ނޫޅޭ ޒުވާނުންނަށް ތަޢުލީމާއި ތަމްރީން ބޭނުންވާ ދާއިރާތަށް ފާހަގަކޮށް އެފަރާތްތަކަށް ކުރިއަށް ދެވޭނެ މަގުފަހިކުރެވިފައި ވާކަމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ހާމަ ކުރައްވާފައިވެއެވެ.

Ad
df

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތައްވެސް ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައި ވާކަމަށް ތުރާކުނު ކައުންސިލުން މަޢުލޫމާތު ދެއްވިކަމަށްވެސް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ހާމަ ކުރައްވާފައިވެއެވެ.