ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އިން އެރަށުން އެކި އެކި ބޭނުންތަކަށް ޖުމްލަ 18 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ.
ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ދަނޑުވެރިކަމަށް 4 ބިން، ކެފޭ/ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ސްވޮނިއަރ ޝޮޕަށް ޚާއްސަ 3 ބިން، އަދި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ހެދުމަށް ޚާއްސަ 9 ބިން ހިމެނެއެވެ. ޖުމްލަ 18 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބީލަމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ބިމަކަށް ވަކިވަކިން ބީލަންފޮތް ގަންނަން ޖެހޭނެއެވެ. ބީލަންފޮތެއްގެ އަގަކީ -/200 ރުފިޔާއެވެ. ބީލަންފޮތް ގަތުމަށް އެދި އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ މުއްދަތަކީ 16 ނޮވެމްބަރު 2025 އިން 24 ނޮވެމްބަރު 2025 ގެ 13:00 އަށެވެ. އެޕްލިކޭޝަން ފޯމް 20 ނޮވެމްބަރު 2025 ގެ 12:00 ގެ ކުރިން މެއިލް މެދުވެރިކޮށް އެދިފައިވާ ފަރާތްތަކަށް ބީލަންފޮތް ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 20 ނޮވެމްބަރު 2025 ގައި އޮންލައިންކޮށެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 25 ނޮވެމްބަރު 2025 ގެ 13:00 އެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހދ. ނައިވާދޫ ކައުންސިލް އިދާރާގައެވެ. ކައުންސިލުން ވަނީ މިކަން އާންމުކޮށް އިޢުލާނުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!