•  
  •  
  •  
  •  
  •  
  •  

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރު ބިމެއް ކުއްޔަށް ދޫކުރަން ވައިކަރަދޫ ކައުންސިލް އިން ނިންމައިފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު އެކައުންސިލްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަނދަރު ހުޅަނގު ދެކުނު ކޮޅުން ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް 1200 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައިވާކަމަށެވެ.

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗް 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުމަށް އެކައުންސިލުން އެދެއެވެ.

މި ބިން ކުއްޔަށް ދިނުމުގެ މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާބެހޭ ގޮތުން އެ ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

1. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

2. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ އެފަރާތް އެކަންޏެވެ. ނުވަތަ އެފަރާތް އެބައްދަލުވުމަށް ފޮނުވި ފަރާތަށް އެކަންޏެވެ.

3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞިއް ނަމަ، އެފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހަޅުއްވަން ވާނެއެވެ.

4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށްހިފުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުން އެދެއެވެ.

1 ޚިޔާލު

  1. ބޭކާރު ބަނދަރެއް

Your email address will not be published.

More in ކުޑަ