ހދ. ނޮޅިވަރަންފަރު "ލާމިގަސް ޕާކު" ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތައް ހުޅުވާލަމުން ނޮޅިވަރަންފަރު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހު 10 ޖަހާއިރު ނޮޅިވަރަންފަރު ކައުންސިލް އިދާރާއިގައި ބާއްވާ ޕްރީބިޑް މީޓިންގ ހާޒިރުވުމަށެވެ.

Ad
rt

އެގޮތުން މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން، 16 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން https://forms.office.com/r/ME2AvGxW1U މެދުވެރިކޮށް ބީލަމުގައި ރެޖިސްޓްރީ ކުރުމަށް އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުރިން މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަވެސް ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޮޅިވަރަންފަރު ކައުންސިލުން ވަނީ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 14 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން procurement@nolhivaranfaru.gov.mv މެދުވެރިކޮށް ލިޔުންތައް ފޮނުވައި އީމެއިލް ކުރުމަށް އެދިފައެވެ.