ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކޮށްފިއެވެ.

މިއަދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންން ލައްވާ ކުރީ ސަރުކާރޭ ކިޔައިގެން އެ ވާހަކަތައް އޮއްބާލަން ކަމަށެވެ.

Ad
rt

"ގާނޫނު އަރާ ހަމަކުރާނެ، އެކަން ދަންނާތި. ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ. އޮންނަން ޖެހޭނީ ޖަލުގައި"

މެމްބަރު ނަޝީދު ވިދާޅުވިއެވެ.

އަދިވެސް މިކަމާއި ގުޅިގެން މޮސްޓާ ކުރި އިތުރު ޓުވިޓުތަކެއްގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒީރޯ ޓޮލަރެންސް އަކީ މިއީތޯ ސުވާލު އުފައްދާފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވައްކަމާއިހެދި ޒީރޯ ޓޮލަރެންސް ކުރިއަށް ނުދާކަމަށް އަޑުތައް އިވެންފަށައިފިކަމަށާއި މިކަން ބެލުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ.

މަޖިލިސްގެ ކޮޓަރިއަށް ވަގަށް ޓީއެމްއޭ ބޯޑު މެންބަރުން ގެނެސް ޑީލް ނަހަދާކަމަކަށް ނުވާނެ ކަމަށާއި އަދި ރިޕޯޓު ސިއްރު ނުކުރާކަމަށް ނުވާނެކަމަށް ބުނެފައިވެއެވެ.

މެމްބަރު ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެސް މިހާރު ވަނީ ވަދެފައެވެ.

އެގޮތުން ނަޝީދު ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޓާމިނަލް މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނެތެވެ. އެހެންކަމުން އެއްބަސްވުމެއް ނެތީސް ޓީއެމްއޭ އަށް ބަދަލުދޭން ޖެހޭނެ ގޮތާއި މެދު އާންމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޓާމިނަލް މައްސަލާގައި އަވަސް ހައްލެއް ހޯދަން ނަޝީދު ގޮވާލެއްވިއިރު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ވަނީ ވަނީ ބުނެފައެވެ.