ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދިގު މުއްދަތަކަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ތިން މުވައްޒަފަކު ޝަރަފްވެރިކަމާއެކު ވަޒީފާއިން ރިޓަޔަރ ކުރައްވައިފިއެވެ.

މި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވުނު ޚާއްސަ ހަފްލާގައި ރިޓަޔަރ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، 42 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު މަނިކު (ސުތުލި) އާއި، 34 އަހަރު ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އިބްރާހިމް ރަޝީދު (އަންދަރޭ) އަދި 7 އަހަރު ޚިދުމަތް ކުރައްވާފައިވާ ސީނިއަރ ސަރވިސް ސުޕަވައިޒަރ އަލްފާޟިލް ޙަސަން ޙަލީމެވެ.

Ad
rt

މި ތިން ބޭފުޅުންނަކީވެސް ސްޓެލްކޯގެ ކުރިއެރުމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް އަޙްމަދު މަނިކާއި އިބްރާހިމް ރަޝީދަކީ ކުންފުނީގެ އިންޖިނިއަރިންގް ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ރިޓަޔަރ ކުރެއްވި ބޭފުޅުންގެ ޝަރަފުގައި ބޭއްވުނު ހަފްލާގައި އެ ބޭފުޅުންގެ އަގުވަޒަންކޮށް، ކުންފުންޏަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ފިލައެއް އެރުވުނެވެ.

މި ހަފްލާގައި ސްޓެލްކޯގެ އެމްޑީގެ އިތުރުުން އެކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.