ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން، ކޮންމެ މެންބަރަކުވެސް އެ މެންބަރެއްގެ މެންބަރުކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހުށަހަޅަންޖެހެއެވެ.

އެބޭފުޅުން އިންތިހާބުކުރި އާންމު ރައްޔިތުން ބަލަނީ އެއީ އެބޭފުޅުންގެ ހަމައެކަނި ޤާނޫނީ ޒިންމާއެއްގެ ގޮތުގައެއް ނޫނެވެ. ނަޒާހާތްތެރިކަމާއި ޖަވާބުދާރީވުމުގެ މުހިންމު ބައެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

Ad
rt

އިއްޒަތްތެރި މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރުމާއި އެކު އާންމުންގެ ތެރޭގައި މިވަނީ ބޮޑު ބަހުސެއް ފެށިފައެވެ. އެެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީގެ ތިން އަތޮޅު ތަމްސީލުކުރައްވާ މެންބަރުންގެ މާލީ ބަޔާންތަކަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ.

ޢަލީ މޫސާ - ހޯރަފުށި ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 990،000 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ސޭވިންގްސް އެކައުންޓުގައި 31،473.51 ރުފިޔާ އަދި އެހެން އެކައުންޓެއްގައި 25،651.14 ޑޮލަރު، އަދި އަތުގައި އެއްވެސް ނަގުދު ފައިސާއެއް ނެތް
    • ބީއެމްއެލްއިން ނަގާފައިވާ ލޯނުގެ ގޮތުގައި 551،686.42 ރުފިޔާ ދައްކަން އެބަހުރި
    • އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީން ހުޅުމާލެއިން 2،400،000 ރުފިޔާއަށް ރޯހައުސްއެއް އަދި އެއަރ ބްލޭޑް ސައިކަލެއް ގަނެފައިވޭ
    • މާލީ ބަޔާނުގެ ލިންކް:

--------

އަޙްމަދު ނަޞީރު - އިހަވަންދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 889،961.76 ރުފިޔާ ލިބިފައިވޭ އަދި ޕްލެޓިނަމް / މ.އަންޑާޕޫލް - އެޕާޓްމަންޓް ކުލީގެ ގޮތުގައި 372،972.00 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 256.94،91 ރުފިޔާ އަދި އިސްލާމިކް ބޭންކް އެކައުންޓެއްގައި 2000.00 ރުފިޔާ އާއި 26.29 ޑޮލަރު، އަދި އަތުގައި އެއްވެސް ނަގުދު ފައިސާއެއް ނެތް

--------

އިބްރާހީމް ޝުޖާޢު - ބާރަށު ދާއިރާ

    • އަދާކުރަމުންދާ ވަޒީފާތަކުން މުސާރައާއި އިނާޔަތުގެ ގޮތުގައި އަހަރީ އާމްދަނީގެ ގޮތުގައި 1،808،603 ރުފިޔާ ލިބިފައިވޭ އަދި ގެދޮރު ކުއްޔަށްދީގެން ކުލީގެ ގޮތުގައި 210،000.00 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ:
      ބީއެމްއެލް ރުފިޔާ ސޭވިންގްސް އެކައުންޓުގައި 2،355.18 އަދި ބީއެމްއެލް ޑޮލަރު ސޭވިންގްސް އެކައުންޓުގައި 110 ޑޮލަރު
      ސިލޯން ބޭންކް (ދިވެހި ރުފިޔާ އެކައުންޓުގައި 72،110.65 އަދި ޑޮލަރު އެކައުންޓުގައި 103.75
      އިސްލާމިކް ބޭންކް ރުފިޔާ އެކައުންޓެއްގައި 5،769.45 ރުފިޔާ އާއި 487.12 ޑޮލަރު،
    • ނަގުދު ފައިސާގެ ގޮތުގައި 3،200 އެމެރިކާ ޑޮލަރާއި، 13،100 ސްރީލަންކާ ރުޕީސް، 150 ޔޫއޭއީ ދިރުހަމް އަދި 5،780 ދިވެހި ރުފިޔާ އެބަހުރި.
    • ދަރަނީގެ ގޮތުގައި ބޭންކް އޮފް ސިލޯން އަށް 4،234،938.63 ބޭންކް އޮފް މޯލްޑިވްސް އަށް 111،263.07 އަދި 114،471.36 ދެ ލޯނު އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެށް އަށް 5،000،000 ހިމެނޭ
    • ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ހުޅުމާލެ އިން އަމިއްލަ ބިމަކާއި ފުލެޓެއް އަަދި ހއ. ބާރަށުން އަމިއްލަ ބިމެއް ގަނެފައިވާއިރު 2015 ވަނަ އަހަރު ވަޒީފާ އަދާކުރަމުންދާ ކުންފުނިން ހުޅުމާލެއިން ރޯހައުސް އެއް ގަނެފައިވޭ
    • އަމިއްލަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާއިން އަދި އަނބުރާ ދައްކަންޖެހޭ ދަރަނިން 2017 ވަނަ އަހަރު އިތުރު ފަރާތަކާއި ގުޅިގެން ދެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 7،055،253 ރުފިޔާގެ މަސްދޯނި
    • މާލީ ބަޔާނުގެ ލިންކް:

--------

ޢަބްދުއްލަޠީފް މުޙައްމަދު - ދިއްދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 990،000 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ:
      ބީއެމްއެލް ރުފިޔާ ސޭވިންގްސް އެކައުންޓުގައި 1،622.99 އަދި ބީއެމްއެލް ޑޮލަރު ސޭވިންގްސް އެކައުންޓުގައި 500 ޑޮލަރު
      އިސްލާމިކް ބޭންކް ރުފިޔާ އެކައުންޓެއްގައި 1000 ރުފިޔާ އާއި 30 ޑޮލަރު،
    • ނަގުދު ފައިސާއެއް ނެތް
      ދަރަނީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް 771،500.19 ރުފިޔާ
    • މާލީ ބަޔާނުގެ ލިންކް:

--------

ޢަބްދުﷲ ޝަރީފް - ކެލާ ދާއިރާ

  • އަހަރީ އާމްދަނީގެ ގޮތުގައި 990،000 ރުފިޔާ ލިބިފައިވޭ
  • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ:
    ބީއެމްއެލް ރުފިޔާ ސޭވިންގްސް އެކައުންޓުގައި 1،339.15 އަދި ބީއެމްއެލް ޑޮލަރު އެކައުންޓުގައި 86.55 ޑޮލަރު
    އިސްލާމިކް ބޭންކް ރުފިޔާ އެކައުންޓެއްގައި 47.00 ރުފިޔާ އާއި 136.31 ޑޮލަރު،
  • ނަގުދު ފައިސާއެއް ނެތް،
  • ދަރަނި: ނެތް
  • ދެ ސައިކަލު
  • މާލީ ބަޔާނުގެ ލިންކް:

--------

ޢަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ

  • އަހަރީ އާމްދަނީގެ ގޮތުގައި 1،898،000.00 ރުފިޔާ ލިބިފައިވޭ (ކުންފުނިތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ މުސާރަ) ކުލީގެ ގޮތުގައި 480،000.00 އަދި ކުންފުނިތަކުން ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑް ގެ ގޮތުގައި 1،800،000 ރުފިޔާ ލިބިފައިވޭ
  • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ:
    ބީއެމްއެލް ރުފިޔާ ސޭވިންގްސް އެކައުންޓުގައި 74،674.99 އަދި ބީއެމްއެލް ޑޮލަރު ސޭވިންގްސް އެކައުންޓުގައި 4،742.81 ޑޮލަރު
  • އަދާނުކޮށް ހުރި ދަރަންޏެއް ނުވަތަ ލޯނެއް ނެތް،
  • މާލެ އިން ދިގު މުއްދަތަކަށް ކުއްޔަށްދީގެން އިމާރާތްކޮށްފައިވާ ހ. މިންހާ އާއި ހދ. ފިނޭއިން 3 ބިން
  • 8 މޮޓޯ ސައިކަލާއި 2 ބެޓެރީ ސައިކަލް، ރަށު ޕިކަޕަކާއި ޕިކަޕެއް އަދި ކާރެއް
  • މާލީ ބަޔާނުގެ ލިންކް:

--------

މުޙައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 850،005.12 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ، ގުދަނެއް ކުއްޔަށް ދީގެން 90،000 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ސޭވިންގްސް އެކައުންޓުގައި 91،046.72 ރުފިޔާ އަދި އެހެން އެކައުންޓެއްގައި 196.30 ރުފިޔާ އަދި 652 ޑޮލަރު، އަދި އަތުގައި އެއްވެސް ނަގުދު ފައިސާއެއް ނެތް
    • ބީއެމްއެލްއިން 3 ލޯނެއް ނަގާފައިވޭ، ދަރަނީގެ ގޮތުގައި ނުދައްކާ 138،330.65 އާއި 220،713.76 އަދި 874،221.50 ރުފިޔާ ދައްކަން އެބަހުރި
    • މާލީ ބަޔާނުގެ ލިންކް:

--------

ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 917،997.80 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ސޭވިންގްސް އެކައުންޓުގައި 44،168.74 ރުފިޔާ އަދި އެހެން އެކައުންޓެއްގައި 324،390.46 ރުފިޔާ އަދި 8.90 ޑޮލަރު، އަދި އަތުގައި އެއްވެސް ނަގުދު ފައިސާއެއް ނެތް
    • ބީއެމްއެލްއިން ލޯނެއް ނަގާފައިވޭ، ދަރަނީގެ ގޮތުގައި ނުދައްކާ 127،113.76 ރުފިޔާ
    • ހޮންޑާ ވޭވް 125 ސައިކަލެއް
    • މާލީ ބަޔާނުގެ ލިންކް:

--------

މުޙައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 927،450.06 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 73،650.09 ރުފިޔާ އަދި އިސްލާމިކް ބޭންކް އެކައުންޓުގައި 500 ރުފިޔާ އަދި ނަގުދު ފައިސާގެ ގޮތުގައި 3700 ރުފިޔާ
    • ބީއެމްއެލްއިން ދެ ލޯނެއް ނަގާފައިވޭ، ދަރަނީގެ ގޮތުގައި ނުދައްކާ 35،878.59 ރުފިޔާ އަދި 542،497.00 ރުފިޔާ
    • ވޭވް 125 ސައިކަލެއް
    • މާލީ ބަޔާނުގެ ލިންކް:

--------

ފަރުޙަތު މުޙައްމަދު - ކުޅުދުއްފުށި ދެކުނު ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 770،470.56 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ އަދި ލޯން ރިޕޭމެންޓްގެ ގޮތުގައި 176،000 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 12،529.67 ރުފިޔާ އަދި އިސްލާމިކް ބޭންކް އެކައުންޓުގައި 54.07 ރުފިޔާ އަދި 96.19 ޑޮލަރު ނަގުދު ފައިސާއެއް ނެތް
    • ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް 5،704.24 ރުފިޔާ އަދި އިސްލާމިކް ބޭކްއިން ނަގާފައިވާ ދެ ލޯނަކަށް، ދަރަނީގެ ގޮތުގައި ނުދައްކާ 321،536.05 ރުފިޔާ އަދި 233،503.72 ރުފިޔާ
    • އަބްދުއްސަލާމް އަބޫބަކުރަށް 300،000 ރުފިޔާގެ ލޯނެއް ދޫކޮށްފައިވޭ
    • މާލީ ބަޔާނުގެ ލިންކް:

--------

އާދަމް ޝަފީޤު - މަކުނުދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 916،365.91 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ އަދި ކުއްޔަށްދީފައިވާ ތަންތަނުގެ ކުލީގެ ގޮތުގައި 8،878،000.00 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ:
      އިސްލާމިކް ބޭންކް 232،053.38 ރުފިޔާ އަދި 5،429 ޑޮލަރު
      ބީއެމްއެލް އެކައުންޓުގައި 195،591.79 ރުފިޔާ އަދި 704.23 ޑޮލަރު
      ސިލޯން ބޭންކް އެކައުންޓުގައި 30،490 ރުފިޔާ އަދި 721 ޑޮލަރު
    • ޔުނައިޓެޑް އޯވަރސީސް ބޭންކް ސިންގަޕޫރުގައި 14،869.88 ޑޮލަރު
      ނަގުދު ފައިސާއެއް ނެތް
    • އިސްލާމިކް ބޭންކް އިން ނަގާފައިވާ ލޯނަކަށް 19،878،641.29 ރުފިޔާ ދަރަނީގެ ގޮތުގައި އެބައޮތް

--------

އަމީން ފައިޞަލް - ކަނޑިތީމު ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 927،594.10 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ އަދި އަމިއްލަނަމުގައި ރަޖިސްޓަރ ކޮށްފައިވާ ވިޔަފާރިން 56،890.77 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 303.14 ރުފިޔާ އަދި 50.59 ޑޮލަރު
      ބީއެމްއެލް އިސްލާމިކް އެކައުންޓުގައި 142،283.78 ރުފިޔާ އަދި 46.87 ޑޮލަރު އަދި ލީވޯ ވިޔަފާރި އެކައުންޓުގައި 56،890.77 ރުފިޔާ
      އިސްލާމިކް ބޭންކް އެކައުންޓުގައި 50.95 ރުފިޔާ އާއި 20،223.95 ރުފިޔާ އަދި 20.52 ޑޮލަރު ނަގުދު ފައިސާއެއް ނެތް

--------

ޙަސަން މުފީދު ޢަބްދުލްޤާދިރު - މިލަންދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 990،000.00 ރުފިޔާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 13،343.47 ރުފިޔާ ނަގުދު ފައިސާއެއް ނެތް

--------

މުޙައްމަދު އިބްރާހީމް - ކޮމަންޑޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 1،278،930.12 ރުފިޔާ މަޖުލީހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި އަދި ކުންފުނިން ލިބޭ މުސާރައިގެ ގޮތުގައި ލިބިފައިވޭ
    • ކުލީގެ ގޮތުގައި 735،120.00 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 487،600.00 ރުފިޔާ ނަގުދު ފައިސާއެއް ނެތް
    • ށ. ކޮމަންޑޫ އިން 1 ގޯތި، ރެހެންދި 1 (ފުލެޓް) ރެއިންޓްރީ ހުޅުމާލެ 1 ފުލެޓް، އެފްޑަބްލިޔު ރެސިޑެންސް، ހުޅުމާލެ 1 ފުލެޓް
    • 1 މޮޓޯސައިކަލު

--------

މުޙައްމަދު މަމްދޫޙް - ފުނަދޫ ދާއިރާ

    • އަހަރީ އާމްދަނީގެ ގޮތުގައި 930،977.97 ރުފިޔާ މަޖުލީހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިފައިވޭ
    • ކުލީގެ ގޮތުގައި 735،120.00 ރުފިޔާ ލިބިފައިވޭ
    • ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ: ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 39،969.87 ރުފިޔާ އެމްއައިބީ އެކައުންޓުގައި 208.69 ރުފިޔާ، ނަގުދު ފައިސާއެއް ނެތް
    • ބީއެމްއެލް އިން ނެގި ލޯނުގެ ނުދައްކާ ބާކީ ދަރަނީގެ ގޮތުގައި 517،050.57 ރުފިޔާ އާއި އެމްއައިބީ އިން ނެތި ލޯނެއްގެ 823،425.61 ރުފިޔާ ދަރަނީގެ ގޮތުގައި
    • ސައިކަލެއް