ދިވެހި ޕްރިމިއާ ލީގުގައި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް އިރުޝާދު ދިން ކޯޗް އަލީ ނިޝްތާރު މުހައްމަދު އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފި އެވެ.
ފޯކައިދޫ ކޯޗް ކަމުން ނިޝްތާރު އިސްތިއުފާ ދިނީ ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަޔަކަށް އެ ޓީމު ގެންގޮސް ދިނުމަށް ފަހު އެވެ. މިހާރު އެ ޓީމަށް ވަނީ ލީގް ނިމިފަ އެވެ. އެ ޓީމަށް ބާކީ އޮތީ އެންމެ މުބާރާތެކެވެ. އެއީ އަންނަ މަހު ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕެވެ. އެ މުބާރާތުގެ ފޯކައިދޫ ކުޅޭ މެޗުގައި އެރޭ ނުކުންނާނީ، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ނިޝްތާރު ފޯކައިދޫ ޓީމުން އިސްތިއުފާދިނުމަށްފަހު މިރޭވަނީ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމާއި ހަވާލުވެފައެވެ. ނިސްތާރާ ގްރީން ސްޓްރީޓްސްގެ ކޯޗުކަން ހަވާލުކުރުން އޮތީ މިރޭ ބޭއްވި ކްލަބްގެ އިވެންޓެއްގަ އެވެ. ގްރީން ސްޓްރީޓްސް އަކީ ނިސްތާރު ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ތިން ވަނަ ޓީމެވެ. ފޯކައިދޫގެ އިތުރުން ނިސްތާރު ވަނީ އއ. މާޅޮސް ޓީމަށް ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ. ނިސްތާރު ވަނީ ފޯކައިދޫ އާއި މާޅޮހުގައި ހުރެ ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
އެފްއޭ ކަޕްގައި އެ ޓީމަށް އިރުޝާދު ދޭނީ، ފޯކައިދޫގައި ނިޝްތާރުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއީލް އާސިފް އެވެ.
މުޅި ސީޒަނަށް ބަލައިފިއްޔާ މި ކުދިން އެޗީވް ކޮށްފައި މިއިނީ އިމްޕޮސިބަލް އެއްޗެއް،" ނިޝާތާރު އޭރު ބުނެފައި ވެ އެވެ. "ހަތެއް، އަށެއްކަ މަހު މުސާރަޔަކާ ނުލައި ކުޅެގެން ޓޮޕް ސިކްސްއަށް އެރީމަ ދެން ކުޅުންތެރިންނާ ދިމާލަށް ބުނެވޭނެ އެއްޗެއް ނެތް."
ލީގްގެ ވަރަށް ކުރީކޮޅުން ފެށިގެން ފޯކައިދޫ ޓީމަށް ވަނީ ފައިސާގެ މައްސަލަ ކުރިމަތި ވެފަ އެވެ. އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެހެން ކުލަބުތަކަށް ދީފައިވާ އުސޫލުން ފޯކައިދޫއަށް ލިބިފައި ނުވާކަން އެ ޓީމުން ފާހަގަ ކުރެ އެވެ.
ލީގްގެ ތިން ވަނަ ބުރުގައި އޭނާ ބުނެފައި ވަނީ ހަތް މަހު މުސާރަ ނުލިބި ފޯކައިދޫގެ ޓީމުން ހާސިލު ކޮށްފައި ވަނީ އިމްޕޮސިބަލް ކަމެއް ކަމަށެވެ. އެހެން ޓީމުތަކަށް ލިބޭ ފުރުސަތު ފޯކައިދޫއަށްވެސް ހަމަހަމައަށް ލިބޭނަމަ ފޯކައިދޫގެ ހާލަތު އެއަށް ވުރެ ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެހެން ކުލަބުތަކަށް ދީފައިވާ އުސޫލުން ފޯކައިދޫއަށް ލިބިފައި ނުވާތީ ލީގުގެ ކުރީކޮޅުން ފެށިގެން ފޯކައިދޫ ޓީމަށް ވަނީ ފައިސާގެ މައްސަލަ ކުރިމަތިވެ ކުޅުންތެރިންނަށް މުސާރަދެވޭނެ ގޮތް ނުވެފައި ކަމަށް އެޓީމުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!