•  
  •  
  •  
  •  
  •  
  •  

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށް ” ކޮވިޑް-19″ ނަމުން ނަންދީފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން، ކޮރޯނާ ވައިރަހަށް ނަމެއް ދިނުމަށްފަހު ހާމަކޮށްފައިވަނީ ” ކޮވިޑް-19″ ނަން ދީފައިވަނީ ކޮރޯނާ އިން “ކޮ”، ވައިރަސް އިން “ވި” އަދި ޑިޒީޒް އިން “ޑް” އަދި މި ވައިރަސް ފެތުރެންފެށި އަހަރު ކަމުގައިވާ 2019 ރަމްޒުކޮށްދޭ “19” އަށް ބަލައިގެންކަމަށެވެ.

ޗައިނާގެ ވޫހާންއިން ފެތުރެންފެށި މި ނުރައްކާތެރި ވައިރަސްގެ ސަބަބުން އެ ޤައުމުން 1113 މީހުންވަނީ މަރުވެފައެވެ. އަދި 44653 މީހުންނަށް އެވައިރަސް ޖެހިފައިވާކަމަށްވަނީ ރިޕޯރޓްކޮށްފައެވެ. އިއްޔެވެސް އެ ޤައުމުގެ ހޫބޭ ޕްރޮވިންސްއިން 94 މީހުން ކޮވިޑް19ގެ ސަބަބުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ކޮވިޑް-19 ގެ 393 ކޭސް ދުނިޔޭގެ 24 ޤައުމަކުންވަނީ ފެނިފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ