ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފި އެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން އެ މަގާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާފައި ވަނީ 29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.

Ad
rt

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ، ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި މީހުންނަށެވެ.

އުއްތަމަފަނޑިޔާރެއް ޢައްޔަނުކުރަށްވާނީ ޖޭއެސްސީއިން ދޭ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިއްޔެ އިން ފެށިގެން އެ މަގާމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ. މުއުތަސިމް އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ 2019 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙެވެ.

މުއުތަސިމް ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައި ވަނީ ދާދިފަހުން އެކޯޓަށް ޢައްޔަނުކުރެވުނު ނޑިޔާރު އަބްދުﷲ ހަމީދާ އެވެ.