އދ. މާމިގިލި ކައިރިން ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު އދ. މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު ހަތަރު ކުދިން ތެރެއިން ކުއްޖަކު ގެއްލިގެން ރިޕޯޓްކޮށްފަައިވާ ކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެންކުއްޖެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ސިފައިންނާއި އަދި މާމިގިލި ރައްޔިތުން ގުޅިގެން އަންނީ ކުރަމުންނެވެ.

މާމިގިލިން ''ތިލަދުން'' އާއި ވާހަކަ ދެއްކި މީހަކު ބުނީ ގެއްލިގެން ހޯދަނީ ބޯވާ ނަގަން ދިޔަ ސްކޫލް ހަތަރު ދަރިވަރުންކުރެ ކުއްޖެއް ކަމަށެވެ. އެއީ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުދިންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

''އެކުދިން ދިޔައީ ބަނދަރު ބޭރު ފަސްގަނޑަށް ބޯވަ ނަގަން، އެތަނުން އެއްކުއްޖަކު ޚަބަރުނުވެ ގިނައިރުވެގެން އެ ކުދިން ފުލުހުންނަށް ރިޕޯޓްކުރީ'' އޭނާ ބުންޏެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 19:00 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ.