މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ.

އެޓީމުގެ ފަރާތުން މަޢުލޫމާރުދެއްވަމުން ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގައި އިއްޔެ ކާމިޔާބުކަމާއިއެކު ސޫޓިން ނިންމާލާފައިވާކަމަށެވެ.

Ad
d

ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތައް މިއަދު ނެ ގުމަށް ހަމަޖެހިފައިވަނީ އުލިގަމުގައެވެ. އުލިގަމުން އެޓީމު ދެން ދަތުރުކުރާނީ އެއަތޮޅު ހޯރަފުއްޓަށެވެ.

މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަދި މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ. މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ ”ހާޓުސީން“ ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com ކުރެއްވުމަށް އެދެއެވެ. މިޓީމުގެ ހޮޓްލައިން އަކީ 7739199 އެވެ.

Ad
df

ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ މި ދަތުރުގެގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ ”ވިޒިޓް މޯލްޑިވްސް“ އެމްއެމްޕީއާރުސީއެވެ. އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ ”މާރެސް- ޖުސްޓް އެޑް ވޯޓަރ“ އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ ”ސްޓަރބިސިސް“ އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ ”އައިހާ“ އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ ”އޮބްޖެކްޓްސް ”އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ ”ތިލަދުން“ އެވެ.