ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިޕާޗަރ ޓަރމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއްގެ ތަހުގީގު ފަށައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ބުނީ، ވީއައިއޭގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެއިދާރާއިން ޗެކްކޮށްފައިވާ ކަމަށެވެ.
އެ ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުނެފަވެއެވެ.
މި މައްސަލާގައި ތުހުމަތު ކުރަނީ ފުލުހެއްގެ މައްޗަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން ފުލުހުން ވެސް އަދި ކަސްޓަމްސްވެސް އަދި ރަސްމީ ބަހެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!