އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ރަސްދޫ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

Ad
rt

''މިހާދިސާގައި ގޭގައި ދިރިއުޅުނު ދެ މީހަކު ޒަޚަމްވެގެން ފަރުވާއަށް މާލެ ގެނެސްފައިވޭ'' ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ފިހިފައި ވަނީ ޒުވާން ދެމަފިރިންނެވެ. އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސް ވެފައިވާތީ، ދެމީހުން ވެސް މިހާރު ވެންޓިލޭޓަރަށް ލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައެވެ.