ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ކުރިއަށްދާ ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގެ ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު ކައުންސިލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލް އޮންނާނީ މިރޭ 21:30 ގައި އެ ރަށު ސްކޫލް ހޯލުގައެވެ.

Ad
rt

މި މުބާރާތް ފަށާފައިވަނީ މި މަހު 5 ވަނަ ދުވަހުއެވެ. މުބާރާތުގައި 56 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 4 އުމުރުފުރައަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރައުންޑްގައި، ކޮންމެ އުމުރުފުރައަކުންވެސް އެންމެ މަތިން މާކުސް ލިބުނު 3 ބައިވެރިން ވަނީ ހޮވާފައިވެއެވެ.

މިމުބާރާތުގެ ފައިނަލް ރައުންޑަށް ހޮވިފައިވާ 10 ބައިވެރިންނަކީ އަޒާން އިބްރާހިމް، އީޝާ ބިންތި ހާމިދު، ރަވާން އަހްމަދު ރައުފް، ސާރާ އަހްމަދު ޖިނާހު، މުހައްމަދު ޔޫޝައު ބިން އަހްމަދު، ޝަމްއާ ޝާހިދު، ލޫތް އަވުދުﷲ ވަހީދު، ލާރާ ބިންތި ރިފާއު، މަރިޔަމް ޒާރާ ރަމީރު، ހައްވާ ޝިއުފާ ހުސައިން، ހަސަން ޝިޔާމް އަދި މުހައްމަދު ނިޝާމްއެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހުއެވެ. މިއީ އެ ރަށު ރައްޔިތުންގެ މެދުގައި މަގުބޫލު އަދި އެހާމެ ބޮޑު ތަރުހީބެއް އޮންނަ މުބާރާތެކެވެ.