ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީގެ މަސްޖިދުލް ޖަމާއަތް މަރާމާތު ކުރުމަށްފަހު ހުޅުވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ހުންނަ މަސްޖިދުލް ޖަމާއަތް، ބާވެ ވީރާނާ ވަމުން ދަނިކޮށް، މަރާމާތުކޮށް އާބަރުތަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ހުޅުވާފައިވާ ކަމަށެވެ.

Ad
rt

މިސްކިތް މަރާމާތުކުރުމަށް ކުރެވުނު މައިގަނޑު ކަންތައްތަކުގެ ގޮތުގައި ސިޓީ ކައުންސިލުޖް ފާހަގަކޮށް ފައި ވަނީ، މިސްކިތު ބައެއް ތަންތަނުގެ މުށިތައް އާ ކުރުމާއި، މުޅި މިސްކިތުގެ ސީލިންގް އާކޮށް، 2 ފަރާތު ފެންޑާ ހެދުމާއި މިހުރާބުގޭގެ އިންޓީރިއަރ ހަދައި މިިންބަރު އާ ކުރުމެވެ.

ސިޓީ ކައުންސިލުން މަރާމާތު ކުރި މަސްޖިދުލް ޖަމާއަތް، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން މިސްކިތު އިސްކުރު ބަރިޔާއި ފާހަނަ އަލުން މަރާމާތުކޮށް، މިސްކިތު ގޯތިތެރެ ލޭންޑް ސްކޭޕްކޮށް ވޯކްވޭ ހަދައި ގައު އެތުރުމާއި ބައެއްސަރަހައްދުތަކުގެ ވަށާފާރު އައު ކޮށް ލައިޓިން އައުކުރުން ހިމެނެއެވެ.

މި ކަންތައްތައް ފިޔަވައި، މިސްކިތް ހުންނަ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދައި، މިސްކިތު ޕާކިންޒޯން އިތުރަށް ފުޅާކޮށް ތަނަވަސްކޮށްދިނުމަށް، މިސްކިތުގެ ހުޅަނގުގައި ބޭނުންނުކޮށް އޮތް ސަރަހައްދުގައި ތަޅުން އަޅައި ތަރައްޤީ ކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން މަރާމާތު ކުރި މަސްޖިދުލް ޖަމާއަތް، ފޮޓޯ: ސިޓީ ކައުންސިލް

މިސްކިތް މަރާމާތު ކުރުމަށް ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ މެދާކަށް ހަމައިން ކަމުން މިސްކިތް ރޯދަމަސް އައުމުގެ ކުރިން ހުޅުވޭނެ ކަމާމެދު ރައްޔިތުން އުންމީދު ކަންޑާލައިން ތިއްބާ، މިސްކިތް ހުޅުވާފައިވަނީ 28 ފެބްރުވަރީ 2025 ވީ ހުކުރު ދުވަހު ފަތިސް ނަމާދުންނެވެ.