މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ސީއީއޯގެ ޑރ. ވިތާލީ ލުބިމޮފް މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޔުކްރޭނަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މި މަގާމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ކުރީ ކޮޅުއެވެ.
ޑރ.ވިތާލީ ލުބިމޮފްއަކީ ވިޔަފާރީގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ މިފްކޯގެ ވެރިޔަކަށް ޢައްޔަނުކުރި ފުރަތަމަ ބޭރު ފަރާތެވެ.
އޭނާ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަގާމުން ވަކިކުރި ސަަބަބެއް ސާފެއް ނުވެއެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!