ފިނޭންސް މިނިސްޓްރީގައި ވަޒީފާ އަދާކުރާ އަބްދުއް ރަޝީދު ދުބާއީ މެރަތަންގައި ދުވެ ތާރީޚްގެ ތެރެއަށްވަދެއްޖެއެވެ.
އަބްދުއް ރަޝީދު ދުބާއީ މެރަތަންގައި ދުވެ ތާރީޚްގެ ތެރެއަށްވަނީ ދިވެއްސަކު އުމުރުން 60 އަހަރުގައި ރާއްޖޭން ބޭރުގައި އޮތް މެރަތަންއެއްގައި 42 ކިލޯމީޓަރު 04:07:50 އިން ނިންމައި، އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަންއެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދުމުންނެވެ.
ފިނޭންސް މިނިސްޓްރީއިން އެކަން ފާހަގަކޮށް ބުނެފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއް ކަމުގައިވާ އުމުރުން 60 އަހަރުގެ އަބްދުއް ރަޝީދު ވަނީ ދުބާއީ މެރެތަންގައި 42 ކިލޯމީޓަރު 04:07:50 އިން ނިންމައި، އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަންއެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދާފައިކަމަށެވެ.
މި މިނިސްޓްރީގެ މުވައްޒަފެއް ކަމުގައިވާ އަބްދުއް ރަޝީދު ( 60 އަހަރު ) ވަނީ ދުބާއީ މެރެތަންގައި 42 ކިލޯމީޓަރު 04:07:50 ން ނިންމާ އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަންއެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދާފަ. pic.twitter.com/POLezKhd83
— Ministry of Finance (@MoFmv) January 24, 2020
އެކަމަށްޓަކައި އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އަބްދުއް ރަޝީދަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ މަރުހަބާ ދަންނަވާފައެވެ.
އަބްދުއް ރަޝީދަކީ ވައިކަރަދޫ ކަނބަލަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!